އެތުލެޓިކޯގެ އެއްބަސްވުން އުވާލަން ކޮސްޓާ އެދިއްޖެ

އެތުލެޓިކޯގެ އެއްބަސްވުން އުވާލަން ކޮސްޓާ އެދިއްޖެ

Author
އިބްރާހީމް ސާޢިދު
29 ޑިސެމްބަރ 2020 03:48
0

އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ޑިއޭގޯ ކޮސްޓާ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރަން އޭނާ އެދިއްޖެއެވެ.

ލުއިސް ސުއަރޭޒް، މި ސީޒަންގައި އެތުލެޓިކޯއަށް ބަދަލުވި ފަހުން، ކޯޗް ޑިއޭގޯ ސިމިއޯނޭގެ ފޭވަރިޓް ސްޓައިކަރަކީ ސުއަރޭޒް އެވެ. އެތުލެޓިކޯއިން ވަނީ އެ ޓީމުގެ އަނެއް ސްޓައިކަރު އަލްވާރޯ މޮރާޓާ ލޯން އުސޫލުން ޔުވެންޓަސްއަށް ދޫކޮށްފަ އެވެ. ސްޕެއިންގެ ކުޅިވަރުގެ ދެ ނޫހެއް ކަމަށްވާ، އޭއެސް އަދި މާކާއިން ވެސް ވަނީ ކޮންޓްރެކްޓް ބާތިލު ކޮށްދޭން ކޮސްޓާ އެދިފައިވާކަން އެ ދެ ނޫހަށް ކަށަވަރު ވެފައިވާ ކަމަށް ރިޕޯޓް ކޮށްފަ އެވެ. ކޮސްޓާ ކޮންޓްރެކްޓް ބާތިލި ކުރަން އެދިފައި ވަނީ އަމިއްލަ ކަންތައްތަކާ ގުޅިގެންނެވެ.

ލަލީގާގެ ތާވަލުގެ އެއް ވަނައިގައި އޮތް ނަމަވެސް، މިވަގުތަކީ އެތުލެޓިކޯއަށް އުނދަގޫ ހާލަތެއް ކުރިމަތި ވެފައިވާ ވަގުތެކެވެ. ޓީމުގެ ޑިފެންޑަރު ކިރަން ޓްރިޕިއާގެ މައްޗަށް ކުރިމަތިވި ބެޓިން ތުހުމަތާ ގުޅިގެން އޭނާ ވަނީ 10 ހަފުތާއަށް ސަސްޕެންޑް ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮސްޓާ ބޭނުން ވަނީ ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި ކުލަބު ބަދަލު ކުރާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.