ހުޅުމާލޭގައި ހިންގަމުން ކެފޭ/ހޮޓާތަކެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
.އިމިގްރޭޝަނުން މިއަދު ބުނީ "އިމިގްރޭޝަން ވޮޗަށް" ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ އަށް ކެފޭ/ހޮޓާ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ހަތަރު ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަމުން އިއްޔެ ރޭ ވަނީ މާލޭގެ ކޮފީޝޮޕްތަކެއް ބަލައި އެތަންތަނުން ވެސް ގަވާއިދާ ހިލާފު ފަސް ބިދޭސީއަކު އަތުލައިގެންފައެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި އޮޕަރޭޝަންގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އަތުލައިގެންފައިވާ އިރު، 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވެއެވެ.