ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ބޭރުގެ އުޅަނދަކީ ސްރީލަންކާގެ މަސް ބޯޓެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ބޭރުގެ އުޅަނދަކީ ސްރީލަންކާގެ މަސް ބޯޓެއް

Author
ހުސައިން
29 ޑިސެމްބަރ 2024 12:55
0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓުނު ބޭރުގެ އުޅަނދަކީ ސްރީލަންކާގެ މަސްދޯންޏެއްކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަންކުރަމުންދިޔަ މި އުޅަނދު ހިފެހެއްޓީ އެމްއެންޑީއެފްގެ އެއަރ ކޯޕްސްއިންނެވެ. މިއީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ސަރވެއިލް ކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ހިފެހެއްޓުނު އުޅަނދެކެވެ. އެމްއެންޑީއެފް އެއަރ ކޯޕްސްގެ ޑްރޯނެއް މެދުވެރިކޮށް މި އުޅަނދު ފާހަގަކުރުމަށްފަހު، ކޯސްޓްގާޑުން ވަނީ އެ އުޅަނދު ހިފަހައްޓާފައެވެ.

އާދީއްތަ ދުވަހު އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި މި އުޅަނދަކީ ސްރީލަންކާގެ މަސްދޯންޏެކެވެ. އުޅަނދާއެކު ހައްޔަރުކުރެވުނު ތިން ފަޅުވެރިން މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) އާ ހަވާލުކޮށްފައި ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.