އުމްރާ އަށް ދިޔަ ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަނީ

އުމްރާ އަށް ދިޔަ ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަނީ

Author
އަހުމަދު
28 ޑިސެމްބަރ 2024 08:12
0

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު ސައުދީ އަށް ދިޔަ ޏ. ފުވައްމުލަށް/ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ 63، އެވެ.

ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ ހުސެއިން ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައީ ކުރަނިކޮށް ކަމަށެވެ.

ހުސެއިން ގެއްލުނު އިރު ހުރީ އިހުރާމުގައި ކަމަށާއި އޭނާގެ ކަރުގައި ޖަމާއަތުގެ ފާސް ވެސް އަޅާފައި އޮންނާނެ ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

ހުސެއިން އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން އެންގުމަށް އެ ގްރޫޕުން އެދެއެވެ.

މައްކާއިން ގުޅޭނެ ނަމްބަރު: 593709492 966+ / 565836862 966+

މާލެއިން ގުޅޭނެ ނަމްބަރު: 9199919 / 7901612

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.