ތިމަރަފުށީގައި 5 މީހުންގެ ގްރޫޕަކުން ގެއަކަށް ވަދެ މާރާމާރީ ހިންގައިފި

ތިމަރަފުށީގައި 5 މީހުންގެ ގްރޫޕަކުން ގެއަކަށް ވަދެ މާރާމާރީ ހިންގައިފި

Author
އަހުމަދު
28 ޑިސެމްބަރ 2024 06:08
0

ތ. ތިމަރަފުށީގައި ގްރޫޕަކުން ގެއަކަށް ވަދެ މާރަމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ތިމަރަފުށީގެ ގެއަކަށް ފަސް މީހުން ވަދެ މާރަމާރީ ހިންގި މައްސަލައެއް 13:27 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މާރާމާރީގައި ޒަހަމްވި މީހާ އަށް ސިއްހީ މަރުކަޒުގައި ފަރުވާ ވެސް ދިނެވެ.

މާރާމާރީ ހިނގި ސަބަބެއް ސާފެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.