ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވި ބޯޓެއް އެއާ ކޯ ޑްރޯންގެ އެހީގައި އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވި ބޯޓެއް އެއާ ކޯ ޑްރޯންގެ އެހީގައި އަތުލައިގެންފި

Author
ހުސައިން
26 ޑިސެމްބަރ 2024 07:34
0
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ހާއްސާ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ޤާނޫނާ ހިލާފަށް ހާއްސަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ.

މި ބޯޓު އަތުލައިގަތީ އެމްއެންޑީއެފް އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެ ބޯޓާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް ޑްރޯންގެ އެހީގައި ހޯދައިފަ އެވެ.

ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައި ވަނީ މިއަހަރުގެ މާޗު މަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.