ބިންވެރިޔާ ހައުސިންގ ސްކީމުގެ ކޮރަޕްޝަންގެ މުއާމަލާތުގައި ޝާމިލްވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފި

ބިންވެރިޔާ ހައުސިންގ ސްކީމުގެ ކޮރަޕްޝަންގެ މުއާމަލާތުގައި ޝާމިލްވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފި

Author
ހުސައިން
25 ޑިސެމްބަރ 2024 10:14
0

ބިންވެރިޔާ ހައުސިންގ ސްކީމުގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ އެންމެންގެ އިލެކްޓްރޯނިކް ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހިފަހައްޓައިފިއެވެ. މި މައްސަލައިގައި ކުރިން ޝާމިލުވާކަމަށް ބެލެވޭ 20 ފަރާތެއްގެ ޕާސްޕޯޓުވެސް ވަނީ ހިފެހެއްޓިފައެވެ.

މި މައްސަލައަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބެންނުޖެހޭ ފަރާތްތަކަކަށް އޮޅުވާލައިގެން ގޯތި ދީފައިވާ މައްސަލައެކެވެ.

މިހާރު މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންނާއި އޭސީސީން ވަނީ ފަށާފައެވެ. މައްސަލައިގައި، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލަކީވެސް އޮޅުވާލައިގެން ގޯތި ހޯދި ފަރާތްތަކުގެ ތެރެއިން އެކެކެވެ. ތަހުގީގުގެ ތެރެއިން ފަޒުލް އަދި ފަޒީލުގެ އިލެކްޓްރޯނިކް ޑިވައިސްތައްވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.