އައިބީއެމް އިން މުވައްޒަފުން ދިރިއުޅުމަށް ކުއްޔަށް ހިފާފައިވާ ތަނުގެ އެއްބަސްވުން ބާތިލުކޮށްފި

އައިބީއެމް އިން މުވައްޒަފުން ދިރިއުޅުމަށް ކުއްޔަށް ހިފާފައިވާ ތަނުގެ އެއްބަސްވުން ބާތިލުކޮށްފި

Author
ހުސައިން
25 ޑިސެމްބަރ 2024 05:41
0

އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) އިން މުވައްޒަފުން ދިރިއުޅުމަށް ކުއްޔަށް ހިފާފައިވާ ތަނުގެ އެއްބަސްވުން ބާތިލުކޮށްފިއެވެ. މި އެއްބަސްވުން ބާތިލުކުރަން ޖެހުނީ އެތަން ކުއްޔަށް ނެގުމުގައި ބިޑިންގ ޕްރޮސެސްއެއް ނެތި، އަދި އާދަޔާ ޚިލާފު ބޮޑު އަގެއްގައި ކުއްޔަށް ނަގާފައިވާކަން ހާމަވުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ލިޔެކިޔުންތަކުން އެނގޭގޮތުގައި، ކުރިން މަހަކު 60,000 ރުފިޔާއަށް ކުއްޔަށް ނަގާފައިވާ ތަން، ފަހުން ކުއްޔަށް ނަގާފައިވަނީ މަހަކު 200,000 ރުފިޔާއަށެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ފެތުރި، ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުންދިޔައެވެ.

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން އެކްސްގައި ހާމަކުރެއްވިގޮތުގައި، އައިބީއެމްގެ މުވައްޒަފުންގެ ދިރިއުޅުމުގެ އިންތިޒާމުތަކާ ގުޅޭ ޝަކުވާއެއް ކުރިން ލިބިފައިވެއެވެ. އެހެންކަމުން، އިންޓަރނަލް އޮޑިޓް ޓީމުން މައްސަލަ ބަލައި، ބޯޑުގައި މަޝްވަރާކުރުމަށްފަހު، މިހާރުގެ އެއްބަސްވުން ބާތިލުކޮށް، އަލުން މުވައްޒަފުންގެ ދިރިއުޅުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އައިބީއެމްއަށް އަންގާފައިވެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެވެމުންދާ ލިޔެކިޔުންތަކުން ދައްކާގޮތުގައި، މި ތަން ޓެލެ މޯލްޑިވްސްއިން ކުއްޔަށް ނަގާފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށް، ޖުމްލަ 12 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.