ޒަކިއްޔާގެ ދަރިފުޅު ދޫކޮށްލައިފި

ޒަކިއްޔާގެ ދަރިފުޅު ދޫކޮށްލައިފި

ގުޅުންހުރި

ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ ހޮޅުދޫ، ނިއުލައިފް މޫސާ ރިމްޒީ (30) އެވެ.

ފުލުހުން ބުނީ ޒަކިއްޔާގެ ދަރިފުޅު މޫސާ ރިމްޒީގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާ އެކުގައި ދޫކޮށްލާފައިވާ ކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ރިމްޒީ ވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރާމާރި ހިންގާފައި ކަމަށެވެ. އެހެންވެ، ރިމްޒީގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް އެ އަމުރުގައިވެއެވެ.

ޒަކިއްޔާގެ ހަށިގަނޑު ގޭގައި އޮއްވައި ފެނުނު އިރު، އޭނާގެ ކަރުގައި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އެ ރަށުގެ ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ޒަކިއްޔާ ވަނީ މަރާލައިފައެވެ. އެ މަރަށް އިންސާފު ނުލިބި ލަސްވާތީ އެ ރަށުގެ ރައްޔިތުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.

ފުލުހުން އެކަމަކު ބުނެފައިވަނީ ޒަކިއްޔާ މަރާލާފައިވާ ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ފާހަގަނުވާ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ