ގދ. ފިޔޯރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއްޖެ

ގދ. ފިޔޯރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއްޖެ

ގުޅުންހުރި

ގދ. ފިޔޯރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު އެރަށުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙްމަދު ސައުދެވެ.

މި މުހިންމު ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އަދި ގދ. ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އާމިނަތު އައިވީނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

38,919,969.72 ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި އާ ބަނދަރު ފުން ކުރުމާއި، ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، ރޭމްޕް ލުމާއި، ބެކްފިލް ކުރުމާއި، ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި މީގެ އިތުރުން އެއްގަމު ތޮށި ޖެހުމާއި، މަގު ބައްތި ޖެހުމާއި، ނެރު ބައްތި ޖެހުމާއި، މޫރިންގ ރިންގްސް ހަރުކުރުން ފަދަ މަސައްކަތްތައް ވެސް މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

މި މަޝްރޫޢަކީ ގދ. ފިޔޯރީގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ. އަދި ރަށުގެ ބަނދަރުގެ ޚިދުމަތްތައް ފުޅާވެ، ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ