އިސްރާއިލުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ސައިކަލު ބުރެއް ބާއްވައިފި

އިސްރާއިލުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ސައިކަލު ބުރެއް ބާއްވައިފި

ގުޅުންހުރި

ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގެ ގޮތުން މިއަދު ހަވީރު ރަސްފަންނުން ފެށިގެން ސައިކަލު ބުރެއް ބާއްވައިފިއެވެ. ދީނީ އިލްމުވެރިން އިސްނަގައިގެން މިއަދު ހަވީރު 4:00 ގައި ފެށި މި ސައިކަލު ބުރުގައި ގިނަ ބަޔަކު، ފަލަސްތީނަށް ތާއީދުކޮށް ބެނާތަކާއި ތަފާތު ޝިއާރުތައް ހިފައިގެން ބައިވެރިވެފައި ވެއެވެ.

ޣައްޒާގެ ދިފާއުގައި މީގެ ކުރިންވެސް އެއްވުންތައް ބާއްވާފައިވާއިރު، މިފަހަރުގެ ސައިކަލު ބުރަކީ ގިނަ ދުވަސްތަކަކަށްފަހު ބޭއްވުނު އެއްވުމެކެވެ. އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދާތާ މިހާރު ދެ އަހަރުވާން ވަނީ ކައިރިވެފައެވެ. މި ހަމަލާތަކުގައި ތަނެއް ދޮރެއް ނުބަލައި 50,000 އަށްވުރެ ގިނަ ކުށެއްނެތް މީހުން ޝަހީދުކޮށްލާފައިވާކަން ބައިވެރިން ފާހަގަކުރިއެވެ.

ސަރުކާރުގެ ފަރާތުންވެސް މިކަމަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ފިޠުރު ޒަކާތުން ލިބުނު ފައިސާގެ ތެރެއިން ބައި މިލިއަން ރުފިޔާއަށްވާ ކާބޯތަކެތި ސަރުކާރުން މިހާރު ވަނީ ޣައްޒާއަށް ފޮނުވާފައެވެ.

މި ސައިކަލު ބުރުގައި ބައިވެރިވި ފަރާތްތަކުން ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ޣައްޒާގެ މައްސަލައަށް އަޑުއުފުލުމަށް އިލްތިމާސްކޮށް، އިސްރާއިލްގެ ނުރައްކާތެރި ޢުދުވާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ