150 މިލިއަން ޑޮލަރުގެ ލޯނު އިންޑިއާއަށް ދައްކައި ހަލާސްކޮށްފި

150 މިލިއަން ޑޮލަރުގެ ލޯނު އިންޑިއާއަށް ދައްކައި ހަލާސްކޮށްފި

Author
އަހުމަދު
17 ސެޕްޓެމްބަރ 2026 11:56
0

ކުރީ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު މުޅިން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މި ލޯނު އެއްކޮށް ދައްކައި ނިންމާލެވުނު ކަން އިއުލާން ކުރެއްވީ، މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިއީ 2019 ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން، ކުރީ ސަރުކާރުން ތިން ބަޔަކަށް ބަހާލައިގެން، 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްގެ ސިފައިގައި ނަގާފައިވާ ލޯނެކެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރު މިހާރު ދައްކާ ނިމިފައިވާ ކަމަށާއި، ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެ ފައިސާ ދައްކަން ޖެހޭ ސުންގަޑިއަކީ މިއަދެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުން މިހާތަނަށް ދައުލަތުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.3 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.