ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މިއަދުން ފެށިގެން މަގާމުން ސަސްޕެންޑް ކުރެވިފައިވާކަމަށް "ޚަބަަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާ ސަސްޕެންޑް ކުރެވުނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޓޫރިޒަމް ފުނޑާލުމަށްޓަކައި ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭކަމަށް ރޭ ބޭއްވުނު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ކުރެއްވި ތުހުމަތާ ގުޅިގެން ކަމަށް އެނގިފައި ވެއެވެ.
ނިހާދުގެ މި ވާހަކަތަކަކީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާތީ، އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީން ރާވާ ކަމެއްކަމަށް ދެއްކި ވާހަކަތަކެކެވެ. މި ވާހަކަތަކާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އެޅުމަށް ގިނަ ފަރާތްތަކުން ގޮވާލަމުން ދިޔައެވެ.
އަދި ސަރުކާރުން މިހާތަނަށް މިކަމުގައި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވިނަމަވެސް، ނިހާދު މިހާރު ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑް ކުރެވިފައިކަން ވަނީ އެނގިފައެވެ.
ތަފްސީލު އަންނަނީ..
ކޮމެންޓު ފޮނުވާ