ހިޔާ ޓަވަރުތަކުގައި ވިޔަފާރީގެ ހިދުމަތް ފޯރުކޮށްދެމުންދާ ތަންތަން ބަލާ ފާސްކޮށް، 4 ބިދޭސީއަކު ހައްޔަރު ކޮށްފި

ހިޔާ ޓަވަރުތަކުގައި ވިޔަފާރީގެ ހިދުމަތް ފޯރުކޮށްދެމުންދާ ތަންތަން ބަލާ ފާސްކޮށް، 4 ބިދޭސީއަކު ހައްޔަރު ކޮށްފި

Author
ހުސައިން
23 ޑިސެމްބަރ 2024 08:26
0

އިމިގްރޭޝަނުން އިއްޔެ ހިޔާގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 4 ބިދޭސީން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނުގެ ދަށުން ހިޔާ ޓަވަރުތަކުގައި ވިޔަފާރީގެ ހިދުމަތް ފޯރުކޮށްދެމުންދާ 26 ތަނެއް ބަލައި ފާސްކުރިއެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން 8 ފިހާރައާއި، 4 ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި 1 ސެލޫން ބަލައި ފާސްކުރުމަށްފަހު، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 18,000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ. އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.