މާލެ އަށް ވަޑައިގެން މިހާރުގެ އަނބިކަބަލުން ފަޒުނާމެން ގޭގައި ދިރި ނޫޅުއްވަން ވަރަށް ރޮއި ހެއްދެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރަީ ދުވަހުގެ މުނާސަބަތުގައި އަޑު ގެނެސްދޭ "ބާއްޖަވެރި ހެނދުނެއް" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އުމުރުން އެންމެ 10 އަހަރުގައި މާލެއަށް ބަދަލުވެ ވަޑައިގެންނެވީ ތައުލީމު ހާސިލް ކުރެއްވުމަށްކަމަށެވެ. މާމާފުޅާއިއެކު މާލެ ވަޑައިގެން އެންމެ ފުރަތަމަ ބެހެއްޓީ މިހާރުގެ އަނބިކަބަލުން ފަޒުނާމެން ގޭގައި ކަމަށާއި، ނަމަވެސް އެގޭގައި ނުހުންނަވަން އެރޭ 12 ޖަހަންދެން ރޮއި ހެއްދެވިކަމަށެވެ. އަދި އެގޭގައި ނުހުންނަވަން ކުރި މަސައްކަތުން ބައްޕަ އެންމެފަހުން އެހެން ގެއަށްކަމަށް ބަދަލު ކުރެއްވިކަމަށެވެ.
މާލެ ގެނެސް ފުރަތަމަ ކިޔަވަން ބެހެއްޓީ މިހާރުގެ އަނބިކަބަލުން ފަޒުނާމެންގޭގަ. އަޅުގަނޑުމެން ބައްޕަޔާއި ފަޒޫ ބައްޕައާއި އެއީ ވަރަށް ގާތް ދެ ރަށްޓެހިން. ވިޔަފާރީގައިވެސް ގުޅުން އޮންނާނެ. މަލެއައީ މާމެޔާއިއެކީގައި. އެގެޔަށް ގެންދިޔާމަ އެގޭގައި ހުންނަންވެގެން ރުއީ. ރޯން ފެއްޓިގޮތަށް 12 ޖަހަންދެން ރުއީ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާއިލީ ބޭފުޅުންނާއި ގުޅުން ބޭއްވުމާއި ރަށްފުށުގެ ދިރިއުޅުއްވުމަކީ އަބަދުވެސް ވަރަށް ލޯބިކުރާ ދިރިއުޅުއްވުމެއްކަމަށެވެ. އަދި ރަށުގައި އަމިއްލަ ގޭގައި ދުވަސްތަކެއް ހޭދަކު ކުރެއްވުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި، ރިޓަޔާ ކުރެއްވުމަށްފަހު ރަށުގައި ދުވަސްތަކެއް ހޭދަ ކުރައްވާނެކަމަށެވެ.
އަޅުގަނޑުމެން ވިސްނުމެއް އަދި އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮންނަ ކަމެއް، އަޅުގަނޑު ރިޓަޔާ ކުރާ ދުވަހަކުން، އަޅުގަނޑުގެ ކޮންމެވެސް ދުވަސް ވަރެއް ރަށުގައި ހޭދަކުރާނަމޭ. ދެން އަޅުގަނޑުގެ އޮވޭ ރަށުގައި ގޯއްޗެއް. ނަމަވެސް އަދިއެއް ނުހެދޭ. ނަމަވެސް ރިޓަޔާމަންޓަށް ދާންވައިރަށް އިރާދަކުރެއްވިއްޔާ ގެއްއެއްވެސް ކޮންމެވެސް ވަރަކަށް ހަދާނަން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މައިންބަފައިންގެ އެންމެ ބޮޑު ނަސޭހަތަކީ އަބަދުވެސް މީހުންނާއި، ގުޅިގެން މަސައްކަތް ކުރުން ކަމުގައެވެ. އެއްވެސް މީހަކާއިމެދު ހަސަދަވެރި ނުވަމަކީ ބައްޕަ ނިޔާވުމުގެ ކުރިން ފޮނުވި ސިޓީގައިވެސް ލިޔެ ވަސިއްޔަތް ކޮށްފައިވާ ކަމެއްކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށާއި، ކޮންމެ ހާލަތެއްގައިވެސް މަސައްކަތް ކުރަނީ އެކުވެރިކަމާއި އެއްބައިވަންތަކާއިއެކު މަސައްކަތް ކުރެއްވުމަށް ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ