33 ބައި އިލެކްޝަނެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

33 ބައި އިލެކްޝަނެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރެއްވި ގޮތުގައި 5 ލޯކަލް ކައުންސިލަކުން ހުސްވެފައިވާ މަޤާމުތަކަށާއި، 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުސްވެފައިވާ ލޯކަލް ކައުންސިލްތަކުގެ މަޤާމުތަކުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމާއި، ހދ. މަކުނުދޫ ކައުންސިލްގެ މެންބަރުކަމާއި، ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމާއި، ރ. ފައިނު ކައުންސިލްގެ ރައީސްކަމާއި، ފ. ބިލެތްދޫ ކައުންސިލްގެ މެންބަރުކަން ހިމެނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރޭގައި ހދ. ނައިވާދޫ، ހދ. ހިރިމަރަދޫ، ށ. ގޮއިދޫ، ށ. ނޫމަރާ، ށ. ނަރުދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ނ. ކުޑަފަރި، ރ. ހުޅުދުއްފާރު، ރ. އިންނަމާދޫ، ރ. އުނގޫފާރު، ބ. ހިތާދޫ، ބ. ގޮއިދޫ، ބ. ފެހެންދޫ، ބ. ދަރަވަންދޫ، ކ. ހުރާ، އދ. ހަންޏާމީދޫ، ވ. ފެލިދޫ، މ. މުލި، މ. މަޑުއްވަރި، ފ. ބިލެތްދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި، ލ. އިސްދޫ، ގއ. ގެމަނަފުށި، ގއ. ކަނޑުހުޅުދޫ، އަދި ގދ. ރަތަފަންދޫ ހިމެނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައިވަނީ 2024 ޑިސެންބަރު 22 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2025 ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށެވެ. އަދި ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ 2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. ވޯޓު ނެގުން ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށްފަހު ވޯޓު ގުނަން ފަށާނެ ކަމަށާއި، އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ 2025 ފެބްރުވަރީ 09 ވާ އާދީއްތަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *