އައްޑޫން މާލެއަށް ދަތުރުކުރި ބޯޓަކުން ގެއްލުނު މީހާ ހޯދުމަށް ބޭރުގެ ބޯޓުފަހަރުގެ އެހީ ހޯދަނީ

އައްޑޫން މާލެއަށް ދަތުރުކުރި ބޯޓަކުން ގެއްލުނު މީހާ ހޯދުމަށް ބޭރުގެ ބޯޓުފަހަރުގެ އެހީ ހޯދަނީ

Author
ހުސައިން
21 ޑިސެމްބަރ 2024 07:00
0

އައްޑޫން މާލެއަށް ދަތުރުކުރި ބޯޓަކުން ގެއްލުނު މީހާ ހޯދުމަށް ބޭރުގެ ބޯޓުފަހަރުގެ އެހީ ހޯދަން ނިންމާފައިވާކަމަށް އެމްއެންޑީއެފުންއިން ބުނެފިއެވެ. އެ އިދާރާއިން މައުލޫމާތު ދެމުން ބުނެފައިވަނީ ސީމެކްސް ބޯޓުން ގެއްލުނު ބިދޭސީ ފަޅުވެރިޔާ ހޯދުމުގެ އޮޕަރޭޝަންގައި އޭނާ ލައްގާނެކަމަށް ބެލެވޭ ސަރަހައްދުތައް ބަލަމުންދާ ކަމަށާއި، އެ ސަރަހައްދުގައި ދަތުރުކުރާ އިންޓަނޭޝަނަލް އުޅަނދުފަހަރުތަކުގެ އެހީވެސް ހޯދަމުންދާ ކަމަށެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރެވެ. އެމްއެންޑީއެފުން އޭނާ ހޯދަން ފެށީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެއަށްފަހު 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާއިރު، އިއްޔެ ފުވައްމުލަކު ވަށައިގެންވެސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

އެމްއެންޑީއެފުން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި ރާޖް ކުމާރު އޭނާ ދަތުރުކުރަމުން ދިޔަ ބޯޓުގައި ނެތްކަން ފާހަގަކުރެވިފައިވަނީ އައްޑޫ އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި، ފުވައްމުލަކާ އަށް މޭލު ދުރުގައި އެ ބޯޓު އޮއްވައެވެ. އެ ބޯޓު އައްޑޫން ފުރާފައިވަނީ 16 ވަނަ ދުވަހުގެ ރޭ 11:30 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.