ރައީސް މައުމޫނަށް އުފަންދުވަހުގެ ތަހުނިޔާއިން މުޅި ސޯޝަލް މީޑިޔާ ފުރާލައިފި

ރައީސް މައުމޫނަށް އުފަންދުވަހުގެ ތަހުނިޔާއިން މުޅި ސޯޝަލް މީޑިޔާ ފުރާލައިފި

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2020 09:51
0

ރާއްޖޭގެ 30 އަހަރުގެ ވެރިކަން ކުރެއްވި ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމުގެ އުފަން ދުވަހުގެ ތަހުނިޔާ އެތައްބަޔަކު ދަނީ އެމަނިކުފަނަށް އަރިސް ކުރަމުންނެވެ.

ޓުވިޓާއާއި، ފޭސްބުކް މެދުވެރިކޮށް އެތައް ބަޔަކު އެމަނިކުފާނުގެ އުފަންދުވަހުގެ ތަހުނިޔަ ފޮނުވަމުންދާއިރު، މިއަދު ފާހަގަކުރަމުންދަނީ އެމަނިކުފާނުގެ 83 ވަނަ އުފަން ދުވަހެވެ. އެމަނިކުފާނުގެ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންދާ މީހުންގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ކޯލިޝަންގެ އެކި ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންނާއި، މަޖިލިސް މެމްބަރުންނާއި، އާންމު ގިން ރައްޔިތުންވެސް ހިމެނެއެވެ.

ރައީސް މައުމޫނަކީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ތަރައްޤީގެ ބޮޑެތި ކުރިއެރުތަކެއް ހޯއްދަވައި ދެއްވި ރާއްޖޭގެ ތަރައްޤީގެ ބަނީކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމަނިކުފާނުގެ ވެރިކަމަކީ ރާއްޖޭގެ ހަމަޖެހުމާއި ސުލްހަމަ މަސްލަހަތު އެންމެ ރަނގަޅަށް ގާއިމް ކުރެވި، ތަރައްޤީގައި ބޮޑެތި ކުރިއެރުން ހޯދި 30 އަހަރުކަމުގައި ދެކޭ މީހުންވެސް މަދެއް ނޫންނެވެ.

ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށްް އައިސްފައިވަނީ ޤާނޫނު އަސާސީ އިސްލާކޮށް މަލްޑިޕާޓީ އިލެކްޝަނެއްގައި 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ. އެއިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ. ރައީސް މައުމޫންވަނީ ވެރިކަމަށްފަހުގައިވެސް ސިޔާސީ ގޮތުން މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން މިހާތަނަށް އުފެދުނު ކޮންމެ ވެރިކަމެއްވެސް އުފެދިފައިވަނީ އެމަނިކުފާނުގެވެސް ބޮޑު ހިއްސާއަކާއި އެކުގައެވެ. ރައީސް މައުމޫނަކީ މިހާރު އެމްއާރުއެމްގެ ރައީސެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I Iburaahim
Maay maumoon abudhulgay yoomuge ufandhuvahuge thahuniyaa hithuge loahbaaeku thannavan