މޫސުން ގޯސްވުމުން "ޗަކުރާ އަނިޔާ ހުއްޓޭލެ!" ޚާއްސަ ޖަލްސާ މާދަމާރޭ

މޫސުން ގޯސްވުމުން "ޗަކުރާ އަނިޔާ ހުއްޓޭލެ!" ޚާއްސަ ޖަލްސާ މާދަމާރޭ

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2020 09:57
0

" ޗަކުރާ އަނިޔާ ހުއްޓޭލެ!" ނަމުގައި އިކޮޅު ކޯލިޝަނުން މިރޭ ޅ.ނަިއފަރުގައި ބާއްވަން މަސައްކަތް ކުރި ޖަލްސާ މޫސުން ގޯސްވުމާއި ގުޅިގެން މާދަމާރެއަށް ފަސް ކޮށްފިއެވެ.

ޖަލްސާ ފަސްކުރިކަން ހާމަކޮށް ނައިފަރު ދާއިރާގެ މެމްބަރު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ނައިފަރަށް ވަރަށްބޯކޮށް ވާރޭވެހި މޫސުން ގޯސްވުމާއި ގުޅިގެން ޖަލްސާ މާދަމާރެއަސް ފަސް ކުރެވިފައިވާކަމަށެވެ.

މާދަމާރޭ ނައިފަރުގައި ބާއްވާ ޖަލްސާއާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިޖަލްސާއަކީ ނައިފަރުގެ މަސްވެރިންނަށް ދިމާވާ ދަތިތަކާއި، ނައިފަރުގެ މަގު ނެހެދި އެތައް ދުވަހެއްވާތީ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާއި، ސަރުކާރުން ނައިފަރަށް ވެފައިވާ ވައުދުތައް ނުފުއްދޭތީއާއި، ކައުންސިލް އިންތިޚާބުގައި ނައިފަރަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ރަށު ބަންދުގައި ތިބެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޖަލްސާތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް އެކޯލިޝަނުން ވަނީ ހއ.ބާރަށުގައައި، ފުވަށްމުލަކު ސިޓީގައި ޚާއްސަ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ކޯވިޑް-19 އަށް ދެމުންދާ ލުއިތަކުގެ ތެރެއިން މާލޭގައި ހަފްލާތަކައި ބައްދަލުވުންތައް ބޭއްވުމަށް ދީފައިވަ ހުއްދައަކާއިއެކު މިދިޔަ ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ވަނީ މާލެ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރި ވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.