ނ. މަނަދޫގައި ވައިން ހަކަތަ އުފައްދާ ޕައިލެޓް ޕްރޮޖެކްޓެއް ހިންގަން އިއުލާން ކޮށްފި

ނ. މަނަދޫގައި ވައިން ހަކަތަ އުފައްދާ ޕައިލެޓް ޕްރޮޖެކްޓެއް ހިންގަން އިއުލާން ކޮށްފި

Author
ޙަސަން މުޙައްމަދު
11 ޑިސެމްބަރ 2024 05:34
0

ނ. މަނަދޫގައި ވައިން ހަކަތަ އުފައްދާ ނުވަތަ ވިންޑް ރިނިއުބަލް އެނާރޖީގެ ޕައިލެޓް ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއިން މިއަދު އިޢުލާން ކޮށްފިއެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ކުރިއަށްގެންދާ "އެކްސެލެރޭޓިންގ ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ)" ޕްރޮޖެކްޓުގެ ދަށުން ހިންގޭ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ބީލަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޭޑީބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުގެ ދަށުން، އޯޕަން ކޮމްޕެޓިޓިވް ބިޑިންގ އުސޫލުންނެވެ. މި މަސައްކަތަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ބީލަން ހުޅުވުން އޮންނާނީ 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި މާލީ ވުޒާރާގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް އެ ވުޒާރާއިން ވަނީ އަންގަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.