އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްލާއިލަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރަމުންދިޔަ އަނިޔާތަކާއި ދެއްކި ބިރަށް ފަސް ޖެހުމެއްނެތި ސާބިތުކަމާއިއެކު ކުރިމަތި ލެއްވި ބޭފުޅެއްކަމުގައި ނިމިދޔަ ދައުރުގައި މަޖިލީޖުގައި ފައްޔާޒު ފުރުއްވި ގޮޑި މިހާރު ފުރުއްވަމުންދާ މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި އެއީ އުފެދުމުގައިވެސް ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބޮންޑޭ ދެއްކެވި ވާހަތަކާއި ގުޅިގެން ވިސާމް ވިދާޅުވީ މިނިސްޓަރ ފައްޔާޒަކީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަމާއި ދެކޮޅަށް ސާބިތު ކަމާއިއެކު ހުންނެވި މަދު މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ފަހުލަވާނެއްކަމަށެވެ.
އަދި މިހާރު އޭނާ ތަމްސީލް ކުރަމުންދާ ގަމު ދާއިރާގެ ގޮޑި ފައްޔާޒު ފުރުއްވާފައިވަނީ ޝަރަފްވެރި ކަމާއިއެކުގައިކަމަށް ވިސާމް ވިދާޅުވިއެވެ.
ނިމިދަ މަޖިލީހުގައި ގަމު ދާއިރާގެ ގޮނޑި ފައްޔާޒު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ފުރުއްވީ ޝަރަފުވެރިކަމާއެކު. އެއީ ޔާމީންގެ އަނިޔާވެރި ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނުގުޑާފަދަ އަޒުމެއްގައި އަނިޔާގެ ކުރިމަތީ ކުޑަކަކޫ ނުޖަހައި ސާބިތުކަމާއެކު ހުންނެވި ބޭފުޅެއް.
– ވިސާމް ވިދާޅުވިއެވެ.
ބޮންޑޭގެ ވާހަތަކާއި ގުޅިގެން މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވަނީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެމްޑީޕީގެ ހަރަކާތްތަކުން ފެނުނު ހަދާނެއް ނުވާކަމުގައެވެ. ފައްޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އުޅުއްވިއިރު، ވަރަށް އުދަނގޫ ދަތި ކަންތައްތަކާއި ކުރިމަތިވި ކަމަށެވެ. ނަމަވެސް އެދުވަސްވަރު އެމްޑީޕީގެ އެއްވެސް ހަރަކާތަކުން ބޮންޑޭ ފެނުނު ހަދާނެއް ނުވާކަމަށެވެ.
މިއަހަރުގެ ކުރީ ކޮޅު އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ޚާއްސަކޮށް ރައީސް ނަޝީދު އިސްކޮށް ހުންވައިގެން މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަން ރައީސް ޞާލިހުވަނީ ހުއްޓުވާފައެވެ. އަދި މިނިސްޓަރ ފައްޔާޒަކީ މިސަރުކާރުގެ މިހާރު ހުރި އެންމެ ނުފޫޒު ގަދަ އެއް ވަޒީރެވެ.
ކޮމެންޓު ފޮނުވާ