ރައީސަށް އިންޒާރުދިން މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، ތަހުގީގު ދަނީ ކުރިޔަށް: ޕޮލިސް

ރައީސަށް އިންޒާރުދިން މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، ތަހުގީގު ދަނީ ކުރިޔަށް: ޕޮލިސް

Author
ޙަސަން މުޙައްމަދު
09 ޑިސެމްބަރ 2024 12:40
0

މިމަހުގެ 7 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ބޭއްވުނު ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިންޒާރުދިން މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައި ނުވިނަމަވެސް، މައްސަލައިގެ ތަޙްޤީޤު މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސްއަށް އިންޒާރުދިނީ އެ ޕާޓީގެ އެކްޓިވިސްޓް ޢަބްދުއްރަޙްމާން އިސްމާޢީލެވެ. އޭނާ އެ ޖަލްސާގައި ދެއްކި ވާހަކައިގައި، މުޙައްމަދު އަމީންގެ ވެރިކަމަށް ވީގޮތްވެސް ދިވެހި ރައްޔިތުންނަށް ފެނިފައިވާކަމަށް ބުނެފައިވެއެވެ. އަދި މުޙައްމަދު އަމީން ކުޅުނީ ދުންފަތާ ކަމަށާއި، ރައީސް މުޢިއްޒު ކުޅެނީ ޤާނޫނުއަސާސީއާ ކަމަށްބުނެ، ޤާނޫނުއަސާސީއާ ކުޅޭކަމަށްވާނަމަ ރައީސް މުޢިއްޒަށްވެސް "ރީތި ކެއްސެއް" ލިބިގެންދާނެކަމަށް ޢަބްދުއްރަޙްމާން ބުނެފައިވެއެވެ.

ކެރިގެނޭ މި ތިބީ މުހައްމަދު އަމީން ވެސް ކުޅުނީ ދުންފަތާ، މީނަ (ރައީސް މުއިއްޒު) މި ކުޅެނީ ގާނޫނު އަސާސީއާ، މުހައްމަދު އަމީން އަށް ވީ ގޮތް ވެސް ފެނިގެންދާނެ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެހެންވީމަ ގާނޫނު އަސާސި ކުޅޭ ކަމަށްވާ ނަމަ، ފެންނާނެ ރީތި ކެއްސެއް ލިބިގެންދާނެ.

އަބްދުއްރަހްމާން ބުނެފައިވެއެވެ.

ރައީސްއަށް އިންޒާރުދިނުމުގެ މި މައްސަލަ ފުލުހުން ތަޙްޤީޤުކުރަމުންދާއިރު، ފޭސްބުކް މެދުވެރިކޮށް ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނި މީހަކުވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.