"އެން.ސީ.އޭ – އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"އެން.ސީ.އޭ – އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
04 ޑިސެމްބަރ 2024 10:21
0

އެންސީއޭއިން "އެން.ސީ.އޭ – އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446″ ޓެލެ ޑްރާމާ މުބާރާތް ބޭއްވުމަށް ހަމަޖައްސައި، މުޅި ރާއްޖެއަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް އައު ފަންނާނުން އިތުރުކޮށް، މިހާރުގެ ފަންނުވެރިންނަށް ހިތްވަރުދީ، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ކުރިއެރުވުމެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވިފައިވަނީ ސަރުކާރުގެ އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކަށެވެ. ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ބައިވެރިވުމަށް ބޭނުންވާ ފޯމު އެންސީއޭގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވަނީ މި މުބާރާތުގެ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ފާހަގަކުރައްވާފައެވެ. މިގޮތުން، ޑްރާމާތައް އޮލިމްޕަހުގައި ސްކްރީންކޮށް، ޓިކެޓް ވިއްކައިގެން ލިބޭ އާމްދަނީން ވަކި ޕަސެންޓޭޖެއް ޑްރާމާ އުފައްދާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.