"އޮޅުހިޔާ" ބުޅާ ފެސިލިޓީ މިނިސްޓްރީއާއި ހަވާލު ކުރަން ނިންމީ އިމާރާތްކުރުމަށް ކައުންސިލުން ކުރި ޚަރަދު ދިނުމުން

"އޮޅުހިޔާ" ބުޅާ ފެސިލިޓީ މިނިސްޓްރީއާއި ހަވާލު ކުރަން ނިންމީ އިމާރާތްކުރުމަށް ކައުންސިލުން ކުރި ޚަރަދު ދިނުމުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މާލެ ސިޓީ ކައުންސިލުން އިމާރާތްކޮށްފައިވާ "އޮޅުހިޔާ" ބުޅާ ފެސިލިޓީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރުމަށް މިއަދު ބޭއްވުނު ކައުންސިލުގެ 4 ވަނަ ދައުރުގެ 174 ވަނަ ޖަލްސާގައި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. މި ނިންމުމުގައި މުހިއްމު ޝަރުތެއްގެ ގޮތުގައި ހިމެނެނީ، މި ފެސިލިޓީ އިމާރާތްކުރުމަށް ކައުންސިލުން ކޮށްފައިވާ ހަރަދު އަނބުރާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

އިއްޔެ ފެސިލިޓީއަށް ބުޅާތައް ގެންދިއުމަށް ކައުންސިލުން ނިންމި ނަމަވެސް، އެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، ބުޅާތައް ބަލަހައްޓާނެ ހާއްސަ ޑޮކްޓަރުންނާއި، ކާނާ އަދި ކޮށިތައް ހޯދުމާއެކު، އެއްބަސްވުމުގައިވާ މިންގަނޑަށްވުރެ މަތިން މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެގްރިކަލްޗާ މިނިސްޓްރީއިން ބުނެފައިވަނީ ބުޅާ ފެސިލިޓީއަށް ޖަނަވާރުން ގެންދިއުމަށް ހާއްސަ ޕްލޭނަކާއި އެސްއޯޕީތަކެއް އެކުލަވާލާފައިވާ ކަމަށާއި، އެ އުސޫލުތަކަށް ރިއާޔަތްނުކޮށް ބުޅާތައް ގެންގޮސްފިނަމަ އެ ޖަނަވާރުތަކުގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށްފާނެތީ، މި މަސައްކަތް ލަސްކުރުމަށް އެދޭ ކަމަށެވެ. މިހެންވެ، ބުޅާ ފެސިލިޓީގެ ބައެއް ކަންކަން އަދި ނުނިމޭ ކަމަށް ބުނެ، އިއްޔެ ބުޅާތައް ގެންދިއުމުގެ މަސައްކަތް ވަނީ ހުއްޓުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *