ގުޅީފަޅާއި ތިލަފުށްޓާ ދެމެދު ބުރިޖުގެ ތަނބުތައް ޖަހަމުންދާތީ އެސަރަހައްދުން ދަތުރުކުރުން މަނާކޮށްފި

ގުޅީފަޅާއި ތިލަފުށްޓާ ދެމެދު ބުރިޖުގެ ތަނބުތައް ޖަހަމުންދާތީ އެސަރަހައްދުން ދަތުރުކުރުން މަނާކޮށްފި

Author
ހުސައިން
03 ޑިސެމްބަރ 2024 08:25
0

މާލެއާއި ތިލަފުށި ގުޅުވައިލުމަށް އަޅަމުންދާ ބްރިޖުގެ މަސައްކަތުގެ ތެރެއިން، ގުޅީފަޅާއި ތިލަފުށްޓާ ދެމެދު ތަނބުޖެހުމުގެ މަސައްކަތް ކުރިއަށްދާނެތީ، އެ ސަރަހައްދުން ދަތުރުކުރުން ސަރުކާރުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެންގުމާ އެއްގޮތަށް، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ގުޅީފަޅު-ތިލަފުށި ޗެނަލް ބަންދުކުރެވޭނެއެވެ. މި ސަބަބަށްޓަކައި، ކަނޑު އުޅަނދުފަހަރު އެ ސަރަހައްދުން ދަތުރުނުކުރުމަށް ވަނީ އަންގާފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ކުރީގެ ސަރުކާރުން ފަށާފައިވާ މި މަޝްރޫޢުގެ ދަށުން، މިހާރު މާލެއާއި ވިލިމާލެއާ ދެމެދު މައި ތަނބުތައް ޖެހުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މި މަޝްރޫޢު ފުރިހަމަކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.