ބީއެމްއެލްއިން އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލްއިން އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
02 ޑިސެމްބަރ 2024 08:38
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ދެވަނަ އަހަރަކަށް ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމެވެ.

ސްކޮލަރޝިޕަށް ކުޅުންތެރިން ހޮވުމުގެ ކަންތައް ބަލަހައްޓާނީ އެމްއޯސީއިންނެވެ. އަދި އެމްއޯސީގެ މެމްބަރު އެސޯސިއޭޝަންތަކަށް ނޮމިނޭޝަން ހުޅުވާލެވޭނެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ހޮވޭ ކުޅުންތެރިންނަށް ލިބޭނެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި، ހަތަރު ކުޅިވަރަކުން ހަތް ކުޅުންތެރިން ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. މިއީ ރާއްޖޭގައި އެންމެ މޮޅު ހުނަރުވެރި ކުޅުންތެރިން ތަމްރީނުކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.