ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވައިލުމަށް ވަނީ ނިންމާފައިވަނީ އެޕާޓީގެ 3 ނައިބު ރައީސުންނާއި، އަދި ސެނެޓްގެވެސް ބޮޑު އިއްތިފާގަކުންކަމަށް އެޕާޓީން ބުނެފިއެވެ. އެގޮތުން އެ ޕާޓީ އުވާލަން ޕާޓީގެ ތިން ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އަދި ސެނެޓްގެ 42 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވެއެވެ.
34،000 އަށްވުރެ ގިނަ މެންބަރުން ހިމެނޭ ޕީޕީއެމް އުވާލަން ނިންމީ، މިހާރު ސަރުކާރު ހިންގަމުންދަނީ ޕީއެންސީއާ ޕީޕީއެމްގެ ކޯލިޝަނަކުން ކަމަށްވެފައި، ޕީޕީއެމްގެ ގިނަ މެންބަރުން ޕީއެންސީއާ ގުޅެމުންދާތީ، ވަކި ޕާޓީއެއްގެ ގޮތުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ބޭނުމެއް ނެތުމުންނެވެ.
މިއަދުން ފެށިގެން ޕީޕީއެމް އުވުނީ ކަމަށް އިއުލާންކޮށް، ޕާޓީ އުވާލުމުގެ އިޖުރާއަތްތައް ހިންގުމަށް މުހައްމަދު ޣައްސާން މައުމޫން، މުއާޒް ހަލީމް، އަދި އަބްދުއްރައްޒާގު ހަލީމް ހިމެނޭ ތިން މެންބަރުންގެ ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ.