ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ މީހުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސްއަށް ގެނައި ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސްއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެކަމަކު، އެހެން ކްލާސްތަކުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސް ބޮޑުވާނެއެވެ.
ޑިޕާޗާ ޓެކްސްއަށް ސަރުކާރުން ގެނައި ބަދަލު:
އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު، ބިދޭސީން 240 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު، ބިދޭސީން 480 ޑޮލަރު
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ގެނައި ބަދަލު:
އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު، ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު، ބިދޭސީން 120 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު، ބިދޭސީން 240 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު، ބިދޭސީން 480 ޑޮލަރު
މިއަދުން ފެށިގެން ދަތުރު ކުރާ ފަރާތްތަކުގެ ޓިކެޓުން މި އަދަދުތައް ޗާޖު ކުރާނެއެވެ. މި ގެނައި ބަދަލާ އެކު ޖުމްލަ އާމްދަނީ އަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާ ކުރެއެވެ.
ކޮމެންޓު ފޮނުވާ