"އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ކުޑަހުވަދޫން ނެގޭނެ އިންތިޒާމު ހަމަޖައްސައިފި

"އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ކުޑަހުވަދޫން ނެގޭނެ އިންތިޒާމު ހަމަޖައްސައިފި

Author
ހުސައިން
01 ޑިސެމްބަރ 2024 10:04
0

"އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ދ. ކުޑަހުވަދޫން ނެގޭނެ އިންތިޒާމު އިމިގްރޭޝަނުން ހަމަޖައްސައިފައެވެ. މި މައުލޫމާތު އިމިގްރޭޝަނުން ދީފައިވަނީ "އެކްސް" މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ކުޑަހުވަދޫ ނެގުމުން، އެ ރަށުން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ޕާސްޕޯޓް ލިބެން ހުންނާނެއެވެ. އަދި މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް އަވަހަށް ޕާސްޕޯޓު އާކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި ހިދުމަތް ތައާރަފުކުރުމާއެކު، ކުޑަހުވަދޫ އަދި އެ އަތޮޅުގެ ރައްޔިތުންނަށް މާލެއަށް އައުމަކާ ނުލައި ޕާސްޕޯޓު ލިބުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓު ލިބޭނެ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާނު ވިދާޅުވި ގޮތުގައި، މިހާރުވެސް ރާއްޖޭގެ ހުރިހާ ސިޓީތަކާއި ހއ. ދިއްދޫގައި މި ހިދުމަތް ލިބެން ހުރެއެވެ. އަދި 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ދިވެހި ޕާސްޕޯޓު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އިމިގްރޭޝަނުގެ އަމާޒެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.