މިއަހަރު ރާއްޖެ ޒިޔާރަތްކުރި 5 ލައްކަވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން، ފޮޓޯ: ވިޒިޓް މޯލްޑިވްސް

އިއްޔެގެ ރެކޯޑް، 6037 ފަތުރުވެރިން

އިއްޔެގެ ރެކޯޑް، 6037 ފަތުރުވެރިން

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އިއްޔެ ރާއްޖެއަށް 6037 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މިއީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް އެއްދުވަހު ރާއްޖެއަށް ފަތުރުވެރިން އައި ދުވަހެވެ.

މިކަން ފާހަގަކޮށް ޓޫރިޒަމް މިނިސްޓަރ ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ.

ރެކޯޑު އަދަދަކަށް އިއްޔެ ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު ހޮނިހިރު ދުވަހު އެމްއޭސީއެލުން ވަނީ ހޮނިހިރާއި އާދީއްތަ ދުވަހަކީ އެއަރޕޯޓް އެންމެ ބިޒީ ވާނެ ދުވަސްކަމަށް އިއުލާންވެސް ކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މަހަކަށް ވުރެ މަހެއް ރާއްޖެ އަންނަ ފަތުރުވެރިން ދިޔައީ އިތުރުވަމުންނެވެ. އެގޮތުން ޖުލައިމަހު 1،752 ފަތުރުވެރިން، އޮގަސްޓުމަހު 7،628 ފަތުރުވެރިން، ސެޕްޓެމްބަރުމަހު 9،538 ފަތުރުވެރިން، އޮކްޓޫބަރުމަހު 21،515 ފަތުރުވެރިން، ނޮވެމްބަރު މަހު 35،759 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ. މީގެ އިތުރުން މި މަހުގެ މިހާތަނަށް 83،299 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.

އޮސްޓްރިއަން އެއަރލައިންސް އިން ރާއްޖެ އައި ފަތުރުވެރެން – ފޮޓޯ: ވީއައިއޭ

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް ލަފާކުރި ހުރިހާ ޓާގެޓްތައް ވެސް މިހާރު ވަނީ ހަމަކުރެވިފައެވެ. އެގޮތުން ބޯޑަރު އަލުން ހުޅުވިފަހުން އަންނާނެ ކަމަށް ލަފާކުރި 1 ލައްކަ ހަމަކޮށް މިހާރު މިއަދަދު ހުރީ 159،440ގައެވެ. އަދި މުޅި އަހަރަށް ކަނޑައެޅި 5 ލައްކައިގެ ޓާގެޓް ހަމަކޮށް މިއަދަދު ވެސް މިހާރު ހުރީ 542،287 އަށް އަރާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *