ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 50 ފުލުހަކަށް ފިޔަވަޅު އަޅައި، 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފި

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 50 ފުލުހަކަށް ފިޔަވަޅު އަޅައި، 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފި

Author
ހުސައިން
30 ނޮވެމްބަރ 2024 11:39
0

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 50 ފުލުހަކަށް ފިޔަވަޅު އަޅައި، 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. ފުލުހުންނަކީ ތަފާތު އެކި ކަހަލަ ކުށްތަކާއި ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމުގެ ބޭނުމުގައި ފުލުހުންނާ މެދު ފިޔަވަޅު އަޅަނީ އެ އިދާރާގެ ތެރޭގައި އޮންނަ ނިޒާމުގެ ތެރެއިން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އެއްވެސް ފުލުހަކު އުސޫލުތަކާ ޚިލާފަށް މަސައްކަތްކުރަމުންދާނަމަ، އެކަމެއް ބަލައި އެފުލުހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި، "އެއްވެސް ފުލުހަކު ޤާނޫނާއި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާނަމަ ފިޔަވަޅު އެޅޭނެ" ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަކީ އެއްވެސް ބާރަކާއި ނުފޫޒެއްގެ ދަށުވެގެން މަސައްކަތްކުރަންޖެހޭނެ ތަނެއްގެ ގޮތުގައި އޮންނަ މުއައްސަސާއެއް ނޫންކަމަށާއި، ފުލުހުންގެ މަސައްކަތްތައް ބަލާ މުއައްސަސާތަކުން އެކަންކަން ކަށަވަރުކުރާނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ފުލުހުންގެ މަސައްކަތްތައް ބަލައި ތަޙްޤީޤުކުރާ މުއައްސަސާތަކަށް އެ އިދާރާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.