ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި

Author
ހުސައިން
30 ނޮވެމްބަރ 2024 11:31
0

ސްޓެލްކޯގެ މުވައްޒަފުން "ޗާލު ވެށި – މަގޭ ޒިންމާ" ނަމުގައި މިއަދު ފެށި ހަރަކާތުގެ ދަށުން މާލޭގެ މަގުތަކުގައި ހުރި އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ފޮށިތަކާއި ސަބް ސްޓޭޝަންތައް ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ހަރަކާތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

މުޅި ރާއްޖޭގައި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކާއި ސަބް ސްޓޭޝަންތައް ޤާއިމުކޮށްފައިވާއިރު، ރާއްޖޭގައި ބާއްވާ ކޮންމެ އިންތިޚާބެއްގައިވެސް އެފަދަ ފޮށިތަކާއި ސްޓޭޝަންތަކުގައި ކެމްޕޭނު ޕޯސްޓަރުތައް ހަރުކުރުމުގެ ސަބަބުން އެ ތަންތަން ހުންނަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ. މި ހަރަކާތުގެ ދަށުން އެފަދަ އިޝްތިހާރުތަކާއި ޕޯސްޓަރުތައް ނައްޓައި، އެ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.