ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފި

ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
28 ނޮވެމްބަރ 2024 11:33
0

މާލޭގެ ބުރުޒުމަގުގައި ހުންނަ ސިނަމާލެ 1 ޕާކިންގ ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ މައުލޫމާތު ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ 18:25 ހާއިރުއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ މާލެ، މ. އަރާރައިކުރި، ޚާލިދު މަހުމޫދު (35 އަހަރު) އާއި އދ. މާމިގިލި، ބްލޫ ވިންޑް، ހަސަން ނަސީމް (31 އަހަރު) އެވެ. މި ދެ ފަރާތް ހައްޔަރުކުރެވިފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށް ގެންދަވަމުންދާ ކަމަށް މައުލޫމާތު ދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.