އިސްރަށްވެހިންގެ ރެޖިސްޓްރީއެއް އެކުލަވާލުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

އިސްރަށްވެހިންގެ ރެޖިސްޓްރީއެއް އެކުލަވާލުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

Author
ހުސެއިން
27 ނޮވެމްބަރ 2024 03:27
0

ޕެންޝަން އޮފީހާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ އިސްރަށްވެހިންގެ ރެޖިސްޓްރީއެއް އެކުލަވާލުމަށް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުޖާތާ ހަލީމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު، އިބްރާހީމް އިސްމާއިލް އަލީއެވެ.

އެއްބަސްވުމުގެ ދަށުން، ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އިސްރަށްވެހިންގެ ރަޖިސްޓްރީ ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ފުރުސަތު މިނިސްޓްރީއަށް ލިބިގެންދާނެއެވެ. އަދި މި މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް ޕެންޝަން އޮފީހުން މިނިސްޓްރީއަށް ފޯރުކޮށްދޭނެއެވެ.

މި ސަރުކާރުން ވަނީ އިސްރަށްވެހިންނަށް އަމާޒުކޮށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ. މީގެ ތެރޭގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގާ ދީނީ ޕްރޮގްރާމްތަކާއި، ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހިމެނެއެވެ. އިސްރަށްވެހިންގެ ނާދީއަކީ އުމުރުން 55 އަހަރުން މަތީ މީހުންގެ އިޖްތިމާއީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކޮށް، އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.