ގުޅީގައި ފާނުބަސަންދު ޖެހިފައިވާ މީހުންގެ އަދަދު 25 އަށް

ގުޅީގައި ފާނުބަސަންދު ޖެހިފައިވާ މީހުންގެ އަދަދު 25 އަށް

ގުޅުންހުރި

ގުޅީގައި ފާނުބަސަންދު ޖެހިފައިވާ މީހުންގެ އަދަދު 25 އަށް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަޢުލޫމާތު ދީފިއެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ރަށުގައި ފާނުބަސަންދުގެ ވޭދަނަތައް އިތުރުވެފައިވާއިރު، މިހާރު 25 މީހުންނަށް މި ބަލި ޖެހިފައިވި ނަމަވެސް، އެއިން އެއްވެސް މީހަކަށް ބަލީގެ ހާލަތު ބޮޑުވެ އެނދުމަތިވެފައެއް ނުވެއެވެ. މީގެ ކުރިން އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި ގުޅިން 11 މީހަކަށް ފާނުބަސަންދު ޖެހި، އޭގެ ތެރެއިން ދެ މީހަކު އެނދުމަތިކޮށްގެން ފަރުވާ ހޯދަމުން ގެންދިޔައެވެ.

އެޗްޕީއޭގެ އޮފިޝަލު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ވަނީ އެ ރަށަށް ޚާއްޞަ ޓީމެއް ފޮނުވައި، ބަލި ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދެއެވެ. އަދި ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނާތީ، އެ ރަށުގެ އާބާދީގެ ގިނަ ބަޔަކަށް ވަނީ ވެކްސިން ދެވިފައެވެ.

މި އަހަރުގެ ނޮވެމްބަރާ ހަމައަށް މުޅި ރާއްޖެއިން ފާނުބަސަންދުގެ 2,977 ވޭދަނަ ރިޕޯޓުކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 1,506 ވޭދަނަ އަދި އަތޮޅުތަކުން 1,471 ވޭދަނަ ރިޕޯޓުކުރެވިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ