ސްޓެލްކޯއިން ކ.ހިންމަފުށީގައި އަލަށް ޤާއިމުކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ އެނަޖައިޒްކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި އައު ވިއުގައާ ގުޅިގެން ހިންމަފުށީގައި ކުރިން ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ސްޓެލްކޯއިން މިއަދު ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، އަލަށް އާބާދުވަމުންދާ ސަރަޙައްދުތަކަށް ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކުރުމަށް މަގުފަހިވެ، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދު އެތައް ގުނައަކުން ކުޑަވެގެންދާނެއެވެ.
ކ.ހިންމަފުށީގައި އަލަށް ޤާއިމު ކުރެވުނު މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ މިހާރު ވަނީ އެނަޖައިޒްކޮށް ކަމިޝަން ކުރެވިފައި. މި އައު ވިއުގައާއިއެކު ހިންމަފުށީގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެ، އަލަށް އާބާދުވަމުންދާ ސަރަޙައްދަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރެވި،… pic.twitter.com/2TmRD35W37
— STELCO (@STELCOMALDIVES) November 27, 2024
މި އައު ނިޒާމުގެ ދަށުން ތިން ޑިސްޓްރިބިއުޝަން ސަބްސްޓޭޝަން ވަނީ ޤާއިމުކުރެވި، ޑިސްޓްރިބިއުޝަން ކެޕޭސިޓީ 1.5 އެމް.ވީ.އޭ އަށް އިތުރުކުރެވިފައެވެ. ހިންމަފުށީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯއިން، އިތުރަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.