" ޗަކުރާ އަނިޔާ ހުއްޓޭލެ!" ނަމުގައި އިކޮޅު ކޯލިޝަނުން މިރޭ ޅ.ނަިއފަރުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ރަށު ބަންދުގައި ތިބެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޖަލްސާތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް އެކޯލިޝަނުން ވަނީ ހއ.ބާރަށުގައައި، ފުވަށްމުލަކު ސިޓީގައި ޚާއްސަ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ކޯވިޑް-19 އަށް ދެމުންދާ ލުއިތަކުގެ ތެރެއިން މާލޭގައި ހަފްލާތަކައި ބައްދަލުވުންތައް ބޭއްވުމަށް ދީފައިވަ ހުއްދައަކާއިއެކު މިދިޔަ ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ވަނީ މާލެ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރި ވެފައިވެއެވެ.

މިރޭ ނައިފަރުގައި ބާއްވާ ޖަލްސާއާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިޖަލްސާއަކީ ނައިފަރުގެ މަސްވެރިންނަށް ދިމާވާ ދަތިތަކާއި، ނައިފަރުގެ މަގު ނެހެދި އެތައް ދުވަހެއްވާތީ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާއި، ސަރުކާރުން ނައިފަރަށް ވެފައިވާ ވައުދުތައް ނުފުއްދޭތީއާއި، ކައުންސިލް އިންތިޚާބުގައި ނައިފަރަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.
ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަނުން ޅ.ނައިފަރުގޭ ބާއްވާ ޖަލްސާ " ޗަކުރާ އަނިޔާ ހުއްޓޭލެ!" 28ޑިސެންބަރު ހޯމަދުވަހުގެރޭ 8:30 ގޭ ނައިފަރު ޕީޕީއެމް ޖަގަހަދޮށުގޭ އަދި ޕީޕީއެމް މޭ އޮފީހުގޭ އޮންނާނެ. ހުރިހޭ ބޭފުޅުންނަށް ދަޢުވަތު އަރުވަން.#FreePresidentYameen #VotePPM#MeeMageyRaajje pic.twitter.com/neYkAmj5ct
— Ahmed Shiyam (@Shiyamaldives) December 27, 2020
މިރޭގެ ޖަލްސާގައިވެސް އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވާނީ މާލޭގެ ޕީޕީއެމް އޮފީހުގައި ތިބެގެންނެވެ. އަދި ނައިފަރުގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެރަށުގެ ޕީޕީއެމް ޖަގަހައިގައެވެ. ނަފަރަކީ އިދިކޮޅު ކޯލިޝަންގެ ޕީޕީއެމްގެ ނައިބްރައީސް އަހުމަދު ޝިޔާމްގެ އުފަން ރަށެވެ. އަދި ޝިޔާމް މަޖިލީހުގައި ތަމްސީލް ކުރައްވަމުންދަނީވެސް ނައިފަރު ދާއިރާގެ ގޮޑިއެވެ.
ކޮމެންޓު ފޮނުވާ