ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ، ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، އަދި ސާޖެންޓް އެޓް އާމްސް މޭޖަރ (ރިޓަޔަރޑް) ތަލްހަތު ހަސަން އެ ބޭފުޅުންގެ މަޤާމުތަކުގައި ދެމިތިއްބެވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ތިން ބޭފުޅުން މަޤާމުތަކުގައި ބޭތިއްބުމަށް މަޖިލީހުން ނެގުނު ވޯޓުގައި، ނިޔުޝާ މަޤާމުގައި ބެހެއްޓުމަށް ފެންނަ ކަމަށް 79 މެންބަރުން ވޯޓުދެއްވިއެވެ. ފިލްޒާ އަދި ތަލްހަތު މަޤާމުގައި ބެހެއްޓުމަށް ފެންނަ ކަމަށް 80 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ ދައުރު ފުރިހަމަވުމުގެ ކުރިން، މަޖިލީހުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު، ހިނގަމުންދާ މަޖިލީހުގެ އަމީން އާންމު، ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަޤާމުތަކަށް މީހުން އައްޔަންކުރަންޖެހެއެވެ.
ކޮމެންޓު ފޮނުވާ