ތައިލެންޑްގައި ހުންނަ ދިވެހި ސަފީރުކަމަށް ފުއާދު ތައުފީގުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފޮނުއްވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ނަން ހުށަހެޅިފައިވާކަން ވަނީ އިއުލާނު ކުރެވިފައެވެ.
ފުއާދު އެންމެ ފަހުން އަދާކުރެއްވި މަގާމަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމެވެ. އޭނާ މި މަގާމުގައި ހުންނެވީ މިދިޔަ ހޮނިހިރު ދުވަހާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަންގައި 2008 ސެޕްޓެމްބަރު 4 އިން ފެށިގެން 2024 ނޮވެމްބަރު 23 އާ ހަމައަށް ފުއާދު ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
މިގޮތުން ދެ ދައުރެއްގެ މަތިން ކޮމިޝަންގެ ރައީސްކަމާއި، އެއް ދައުރެއްގައި އިންތިގާލީ ރައީސްކަމާއި، އަދި ދެ ދައުރެއްގެ މަތިން އެ ކޮމިޝަންގެ މެންބަރުކަން އަދާކުރައްވާފައިވެއެވެ.