ޕޯސްޓުން ގެނައި މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު 4 ވަނަފަހަރަށް އިތުރު ކޮށްފި

ޕޯސްޓުން ގެނައި މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު 4 ވަނަފަހަރަށް އިތުރު ކޮށްފި

Author
ހުސައިން
22 ނޮވެމްބަރ 2024 11:53
0

ޕޯސްޓުން ލިބުނު މަސްތުވާތަކެތީގެ ޕެކޭޖެއް ބަލައިގަތުމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފައިފިއެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވާ މާލޭގެ 41 އަހަރުގެ މީހާ ބުނެފައިވަނީ އެހެން މީހަކު އެދިގެން އެ ޕެކޭޖް ބަލައިގަތް ކަމަށެވެ. އެ ޕެކޭޖުން 980.8 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މި މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، ޕެކޭޖް ބަލައިގަތުމުގެ ކުރިން އެހެން ފަރާތަކުން އޭނާއަށް ގުޅައި، ޕޯސްޓް އޮފީހަށް ދިއުމަށްފަހުގައިވެސް މުޢާމަލާތްކޮށްފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ފަރާތުން އެދިފައިވަނީ ޕެކޭޖް އޭނާ ދިރިއުޅޭ ގޭގެ ގްރައުންޑް ފްލޯއަށް ގެންދިއުމަށެވެ. ނަމަވެސް އެ މީހާއާ ބެހޭ މަޢުލޫމާތު ފުލުހުން އެކަށީގެންވާ ވަރަށް ހޯދާފައިނުވާކަން ފާހަގަކުރެވެއެވެ.

ކްރިމިނަލް ކޯޓުން ނިންމީ، މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ހުރުމާއެކު، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ. މިއީ މި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރެވުނު ހަތަރުވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.