ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާކޮށްފިއެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މި މަޝްވަރާކުރައްވާފައިވަނީ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނާސް (އައިޑިއާސް 2024) ގެ ހަވާސާގައެވެ.
ޑިފެންސް މިނިސްޓަރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުން ކުރިއަށް ދިޔައީ އައިޑިއާސް 2024ގެ ހަވާސާގައި ކަމަށެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް މިނިސްޓްރީން ދީފައެއް ނުވެއެވެ.
ޕާކިސްތާނުގައި މިހާރު ކުރިއަށްދާ އައިޑިއާސް އަކީ އެ ގައުމުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފުގެ ވެރިކަމުން ފެށިގެން އެ ގައުމުގައި ބާއްވަމުން އަންނަ ސެމިނާރެކެވެ. މި ސެމިނާގައި 55 ގައުމަކުން ވަނީ ބައިވެރިވެފައެވެ.