މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރޭ: ތާރިގް

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރޭ: ތާރިގް

Author
ހުސައިން
21 ނޮވެމްބަރ 2024 02:29
0

އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މުއާހަދާގެ 29 ވަނަ ބައްދަލުވުމުގެ (ކޮޕް29) ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ މިނިސްޓީރިއަލް ބައްދަލުވުމެއްގައި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

ކޮޕްގެ ރިޔާސަތުން އިންތިޒާމުކޮށްގެން ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު ޠާރިޤު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ތަޤްރީރުކުރައްވާފައެވެ.

އެގޮތުން، ރާއްޖޭގައި ކަނޑޫފާފަދަ ކާބަން ހިފަހައްޓާ މާހައުލުތައް ރައްކާތެރިކޮށް އާލާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރަށު ފެންވަރުގައި ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާކަން މިނިސްޓަރ ތާރިގް ފާހަގަ ކުރައްވާފައި ވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދެމެހެއްޓެނެވި ފަތުރުވެރިކަން ކުރިއަރުވާ ތަރައްގީކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާ މިނިސްޓަރު ޠާރިގް ވަނީ މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ކަނޑޫފާފަދަ ކާބަން ހިފަހައްޓާ މާހައުލުތައް ރައްކާތެރިކޮށް އާލާކުރުމަށް ރާއްޖޭން މަސައްކަތްތަކެއް ކުރާކަމަށެވެ.

މިއީ ކޮޕްގެ ހަވާސާގައި، ފަތުރުވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިނިސްޓީރިއަލް ފެންވަރުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.