އިދިކޮޅުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ބޭރުކޮށްލީ ސަރުކާރުން ހުށަހެޅި އިސްލާހުގެ މަގުސަދު ގެއްލޭތީ: އަބުދުއްރަހީމް

އިދިކޮޅުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ބޭރުކޮށްލީ ސަރުކާރުން ހުށަހެޅި އިސްލާހުގެ މަގުސަދު ގެއްލޭތީ: އަބުދުއްރަހީމް

ގުޅުންހުރި

ސަރުކާރުން ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހުގެ ބަދަލުގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު ބޭރުކޮށްލަންޖެހުނީ އޭގެ ސަބަބުން ސަރުކާރުން ހުށަހެޅި ބިލުގެ މަގުސަދު ގެއްލޭތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ބިލުގެ ބަހުސާއި ކޮމިޓީ މަރުހަލާގައި ރަނގަޅު ޚިޔާލުތަކަކާއި އިސްލާހުތަކެއް ހުށަހެޅިނަމަ، އެކަންކަމަށް މަޝްވަރާ ކުރެވުނީސް ކަމަށެވެ.

އިދިކޮޅު އެމްޑީޕީން ހުށަހެޅި ހަމައެކަނި އިސްލާހަކީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އިސްލާހެވެ. މި އިސްލާހުގައި ހުށަހަޅާފައިވަނީ މަޖިލިސް މެންބަރުން މަގާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ ބަދަލުގައި، އެ ބާރު ސީދާ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ދިނުމަށެވެ.

މި އިސްލާހަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން ހިމެނޭ ގޮތަށް 13 މެންބަރުންނެވެ. އިސްލާހު ބޭރުކޮށްލެވުނީ ޕީއެންސީގެ 77 މެންބަރުންގެ ވޯޓުންނެވެ.

މީކާއިލްގެ އިސްލާހުގައި ހިމަނާފައިވާ ގޮތުން، ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކުރެވޭ ހާލަތުގައި، އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެއެވެ. މިގޮތުން މާލެ އާއި ސިޓީތައް ފިޔަވައި އެހެން ދާއިރާތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 25 އިންސައްތަ، އަދި މާލެ އާއި ސިޓީތަކުގައި 15 އިންސައްތަ ރައްޔިތުންގެ ސޮއި ހިމެނޭ ޕެޓިޝަނެއް ހުށަހެޅުމުން މި އިޖުރާއަތު ހިންގަންޖެހޭނެއެވެ.

ނަމަވެސް މިއަދު ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިސްލާހުގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވަނީ އިންތިޚާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމުން، ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ