އިޒްރޭލް ޕާސްޕޯޓުން ރާއްޖެއަށް މަނާކުރުން އަވަސްކުރުމަށް ގޮވާލާ ގަރާރުގެ ބަހުސް ފަށައިފި

އިޒްރޭލް ޕާސްޕޯޓުން ރާއްޖެއަށް މަނާކުރުން އަވަސްކުރުމަށް ގޮވާލާ ގަރާރުގެ ބަހުސް ފަށައިފި

Author
ހުސައިން
20 ނޮވެމްބަރ 2024 09:47
0

އިޒްރޭލް ޕާސްޕޯޓުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ފާސްކުރުމަށް ސަރުކާރަށް ގޮވާލުމުގެ ގަރާރެއްގެ ބަހުސް މިއަދު މަޖިލީހުގައި ފެށިއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރު، ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މި ގަރާރުގައި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ހުއްޓިފައިވާ މި ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ، އަވަހަށް ފާސްކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

އަސްލު އިސްލާހު ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ އިސްލާހުގައިވާ ގޮތުން، އެހެން ޤައުމެއްގެ ޕާސްޕޯޓެއް އޮތް ކަމުގައިވިޔަސް، އިޒްރޭލް ޕާސްޕޯޓް އޮތް ފަރާތްތަކަކީ ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް ފަރާތްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ.

މި އިސްލާހު މަޖިލީހުގެ 241 ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ މި އަހަރުގެ ޖޫން 10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.