ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

Author
ހުސައިން
19 ނޮވެމްބަރ 2024 11:39
0

މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ވެރިކަންކުރާ ޕީއެންސީއިން ތައްޔާރުވެއްޖެއެވެ. މި މައްސަލަ އަދި މާދަމާގެ އެޖެންޑާގައި ހިމަނާފައިނުވާއިރު، ގިނަ މެންބަރުންނަށްވެސް އަދި މިކަން ހިއްސާކޮށްފައި ނުވާކަން އެގިއްޖެއެވެ.

މިހާރުގެ އެންޓި ޑިފެކްޝަން ގާނޫނުގައި ބަޔާންކުރަނީ މެންބަރަކު އިންތިޚާބުވި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވުމުން، ނުވަތަ އެހެން ޕާޓީއެއްގައި ދަފްތަރުވުމުން، ނުވަތަ އަމިއްލަގޮތުން އިންތިޚާބުވި މެންބަރަކު ޕާޓީއަކާ ގުޅުމުން އިސްތިއުފާ ދޭންޖެހޭނެކަމަށެވެ. މި ގާނޫނު އެންމެ ފުރަތަމަ ވުޖޫދަށް އައީ 18 ވަނަ މަޖިލީހުގައި ނަމަވެސް، އެމްޑީޕީން އެ ގާނޫނު އުވާލިއެވެ. އޭގެފަހުން މި ގާނޫނު އަލުން ތަޢާރަފުކުރީ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޕީއެންސީއާ ގުޅުމާ ގުޅިގެންނެވެ.

މި ގާނޫނުގެ ދަށުން މެންބަރަކު ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާ ދޭންޖެހޭއިރު، އިސްތިއުފާ ނުދިނުމުން އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައެއް ނުވެއެވެ.

އަދި ޕާޓީއަކުން މެންބަރަކު ވަކިކުރުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިދެއެވެ. މި ގާނޫނުގެ ދަށުން މަޖިލިސް މެންބަރުންގެ އިތުރުން ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށްވެސް އިސްތިއުފާ ދިނުން ލާޒިމްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.