ބީއެމްއެލްއިން ކުނި މެނޭޖުކުރުމުގެ ހިލޭ އެހީގެ ޕްރޮގުރާމަށް ހޮވުނު ޖަމްއިއްޔާތަކުގެ ނަންތައް އިއުލާނުކޮށްފި

ބީއެމްއެލްއިން ކުނި މެނޭޖުކުރުމުގެ ހިލޭ އެހީގެ ޕްރޮގުރާމަށް ހޮވުނު ޖަމްއިއްޔާތަކުގެ ނަންތައް އިއުލާނުކޮށްފި

ގުޅުންހުރި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުނި މެނޭޖުކުރުމަށް ހިންގަން ނިންމާފައިވާ ހިލޭ އެހީގެ ޕްރޮގުރާމަށް ހޮވުނު ޖަމްއިއްޔާތަކުގެ ނަންތައް މިއަދު އިއުލާނުކޮށްފިއެވެ.

މި "ވޭސްޓު މެނޭޖްމެންޓް ގްރާންޓް ޕްރޮޖެކްޓް" އަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ އާދަތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހިލޭ އެހީ ލިބުނު ދެ ޖަމްއިއްޔާގެ ތެރެއިން އެއް ޖަމްއިއްޔާއަކީ ލިވް އެންޑް ލާން އެންވަޔަރަމެންޓަލް އެޑިއުކޭޝަން މޯލްޑިވްސްއެވެ. މި ޖަމްއިއްޔާއިން ކ.ގާފަރު، އއ.އުކުޅަސް އަދި އދ.ދިގުރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއަށް ބީއެމްއެލްއިން ތިން ގްލާސް ކްރަޝާ މެޝިން ފޯރުކޮށްދޭނެއެވެ.

ދެވަނަ ޖަމްއިއްޔާއަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްއެވެ. މި ޖަމްއިއްޔާއިން ހުޅުމާލޭގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއަށް އެއް ގްލާސް ކްރަޝާ މެޝިނާއި އެއް ބޭލާ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި މި މަސައްކަތުގެ ސަބަބުން ކުނިގޮނޑުތަކަށް އުކައިލެވޭ ކުނީގެ މިންވަރު މަދުވެ، ކުނި ނައްތައިލުމުގެ ހަރަދު ކުޑަވެ، ރީސައިކަލް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި މަޝްރޫއަކީ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށި ރައްކާތެރިކުރުން ކުރިއެރުވުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މަޝްރޫއެއްކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ