އެއް ބިލިއަން ރުފިޔާގެ ހިއްސާގެ ބަދަލުގައި، އެފްޑީސީއަށް 19 ބިމެއްގެ މިލްކުވެރިކަން ދީފި

އެއް ބިލިއަން ރުފިޔާގެ ހިއްސާގެ ބަދަލުގައި، އެފްޑީސީއަށް 19 ބިމެއްގެ މިލްކުވެރިކަން ދީފި

Author
ހުސައިން
19 ނޮވެމްބަރ 2024 12:56
0

ސަރުކާރުން 100 ޕަސެންޓް ހިއްސާވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި އޮތް 19 ބިމެއް މިލްކުވެރިކަން ބަދަލުކޮށްދީފިއެވެ. މި ބިންތައް ދޫކޮށްފައިވަނީ އެފްޑީސީގެ އެއް ބިލިއަން ރުފިޔާގެ ހިއްސާގެ ބަދަލުގައެވެ.

އެފްޑީސީގެ ޖުމުލަ 200 މިލިއަން ހިއްސާގެ އަގަކީ ދެ ބިލިއަން ރުފިޔާއެވެ. ސަރުކާރުން އަގު އަދާނުކޮށް އޮތް 107 މިލިއަން ހިއްސާގެ ތެރެއިން 103 މިލިއަން ހިއްސާއަށްވާ އަގުގެ ބަދަލުގައި މި ބިންތައް ދީފައިވާއިރު، މި ބިންތަކުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެފައިވަނީ 1.3 ބިލިއަން ރުފިޔާއަށެވެ.

މި މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަން ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.