71،000 ޓެބްލެޓް ހޯދުމުގެ މަޝްރޫޢުގައި މެކްސްކޮމްއަށް ނުދީ ހުރި 23.6 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފި

71،000 ޓެބްލެޓް ހޯދުމުގެ މަޝްރޫޢުގައި މެކްސްކޮމްއަށް ނުދީ ހުރި 23.6 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފި

Author
ހުސައިން
18 ނޮވެމްބަރ 2024 09:43
0

ސްކޫލް ދަރިވަރުންނަށް 71،000 ޓެބްލެޓް ހޯދުމުގެ މަޝްރޫޢުގައި މެކްސްކޮމް ޓެކްނޮލޮޖީސްއަށް ނުދީ ހިފަހައްޓާފައިވާ 23.6 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފިއެވެ.

2017 ގައި އެމްޑީޕީ ސަރުކާރުން ފެށި މި މަޝްރޫޢުގެ މަސައްކަތް 151 މިލިއަން ރުފިޔާއަށް މެކްސްކޮމާ ހަވާލުކުރިއެވެ. މަސައްކަތް ލަސްވެގެން ޕެނަލްޓީގެ ގޮތުގައި 23 މިލިއަން ރުފިޔާ ސަރުކާރުން ހިފެހެއްޓި ނަމަވެސް، ޖޫން 2018 އާ ހަމައަށް މުއްދަތު އިތުރުކޮށްދިނުމަށްފަހު މަސައްކަތް ލަސްވާކަމަށް ސަރުކާރުން ޝަކުވާ ކޮށްފައިނުވާކަމަށް ކޯޓުން ފާހަގަކުރިއެވެ.

އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމާފައިވާތީ، އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން މި ފައިސާ ކޯޓަށް ދެއްކުމަށް ދައުލަތަށް އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.