"ވޭޕް" ކުރުން ފަދަ ކަންކަމުގައި ހުރި ގެއްލުންތައް ހާމަކޮށްދޭންޖެހޭ: މެޑަމް ސާޖިދާ

"ވޭޕް" ކުރުން ފަދަ ކަންކަމުގައި ހުރި ގެއްލުންތައް ހާމަކޮށްދޭންޖެހޭ: މެޑަމް ސާޖިދާ

Author
ހުސައިން
18 ނޮވެމްބަރ 2024 08:52
0

ސަރުކާރުން ރައްޔިތުންނަށްޓަކައި ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ސިވިލް ސަރވިސް މުވައްޒަފުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރެއްވުމަށާއި، އާންމު ޞިއްޙަތުގެ ދުޅަހެޔޮ ކަމަށްޓަކައި، "ވޭޕް" ކުރުން ފަދަ ކަންކަމުގައި ހުރި ގެއްލުންތައް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ރައްޔިތުންނަށް ވިދާޅުވެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބާރުއަޅުއްވައިފިއެވެ. އެކަމަނާ މިކަމަށް ބާރުއަޅުއްވާފައި ވަނީ މިއަދު މިނިސްޓްރީ އޮފް ހެލްތުގެ ސިވިލް ސަރވިސް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮރެންޖް ހިޔާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޞިއްޙީ ދާއިރާގެ ފަރާތްތަކަކީ ނުހަނު އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ބައެއްކަން ފާހަގަކުރައްވާފައެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޕޮލިސީ ލެވެލްގައި މަސައްކަތްކުރައްވާ ފަރާތްތައް ގުޅިގެން މަސައްކަތްކުރެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، މިހާރުވެސް ކުރިއަށްގެންދަވާގޮތަށް މަސައްކަތްތައް ކުރިއަށްގެންދެވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ސިވިލް މުވައްޒަފު ކޭކެއް ފެޅުންވެސް އޮތެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހެލްތު މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް ދެއްވާ ޝުކުރުގެ ބެޖު ޙަވާލުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.