ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެމަފިރިންގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފި

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެމަފިރިންގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފި

ގުޅުންހުރި

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރެވުނު އިންޑިއާގެ ދެމަފިރިންގެ ބަންދަށް ކުރިމިނަލް ކޯޓުން 30 ދުވަސް އިތުރު ކޮށްފިއެވެ. މެލޭޝިއާއިން ރާއްޖެ އައި މި ދެމަފިރިންގެ ކިބައިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ލަގެޖު ފާސްކުރުމުގައި 2.05 ކިލޯގެ ހެރޮއިން ފެނުނެވެ.

ކޯޓުން އެމީހުންގެ ބަންދު މުއްދަތު އިތުރުކުރީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީއާއި، އަތުލެވުނު މަސްތުވާތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާތީއެވެ. ނަމަވެސް ބަންދު މަޖިލީހުގައި، 41 އަހަރުގެ ފިރިހެން މީހާއާއި 38 އަހަރުގެ އަންހެން މީހާ ބުނެފައިވަނީ އެއީ އެހެން މީހަކު ހަވާލުކުރި އެއްޗެއް ކަމަށާއި، އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ